|
Untitled Document
އައްޑުއަތޮޅު ލިންކްރޯޑުގައި ދުއްވާފައި ދިޔަ ޕިކަޕެއް ރުކެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 2 މީހަކަށް އަނިޔާވެއްޖެ 8002/11/02
އައްޑުއަތޮޅު ލިންކްރޯޑުގައި ދުއްވާފައި ދިޔަ ޕިކަޕެއް ރުކެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެޕިކަޕުގައި ތިބި 2 މީހަކަށް އަނިޔާވުމާ ގުޅިގެން ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާދެމުން އެބަގެންދެއެވެ. މިއެކްސިޑެންޓްގައި އެޕިކަޕްގައި އިން ސ.ފޭދޫ ސުތުލިމާގެ، ނޫރުﷲ އަށް ސީރިއަސް ގެއްލުންލިބި އޭނާގެ ހާލުދެރަވުމާ ގުޅިގެން އޭނާއަށް ފަރުވާދެމުން ގެންދަނީ ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައި.ސީ.ޔޫއިންނެވެ. އަދި އެކްސިޑެންޓްގައި ގެއްލުންވި އަނެއް މީހަކީ ސ.ފޭދޫ/ ދިރިމާގެ އަޙުމަދު އާޒިމް 52، އެވެ. އޭނާގެ ކަނާތު އަތުގެ ކޮނޑު ހުޅު މަތިން ޒަޚަމްވެ އުޅަނބޮށިން ތިރި އެއްކޮށް މަށައިގެން ގޮސް އަދި ކަނާތު ފައިގެ ފަލަމަސްގަނޑަށް ގެއްލުންވެފައިވެއެވެ. މިއެކްސިޑެންޓް ހިނގިއިރު ޕިކަޕުގައި އިތުރު މީހަކު ހުރިކަމަށާއި އަދި އެކްސިޑެންޓް ހިނގުމާ ގުޅިގެން އެމީހަކު ފިލައިގެން ގޮސްފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މިއެކްސިޑެންޓް ހިނގާފައިވަނީ މިއަދު އިރުއޮއްސި 54:5 ހާއިރު ޕިކަޕަކަށް ވެލިބަރުކޮށްގެން ސ.ހިތަދޫއިން ފޭދޫއަށް ދިއުމަށް ލިންކުރޯޑުން ދުއްވާފައި ދަނިކޮށް ގައުކެނޑި ހިސާބުން ބްރިޖް ހުރަސްކޮށް މަރަދޫއާ ވީދިމާލަށް ދުއްވާފައި ދަނިކޮށް ޕިކަޕު ކޮންޓްރޯލު ނުކުރެވި ގޮސް އެމަގުގެ އެއްފަރާތުގައި ހުރި ރުކެއްގައި ޖެހިގެންނެވެ.
މިއެކްސިޑެންޓްގައި ސ.ފޭދޫ ސުތުލިމާގެ، ނޫރުﷲ އަށް ސީރިއަސް ގެއްލުން ލިބިފައިވަނީ އެކްސިޑެންޓްގައި ޕިކަޕުގެ ވިންޑްސްކްރީން ތަޅައިގެންގޮސް އޭނާ ޕިކަޕް ތެރެއިން ވިއްސައިގެން ގޮސް ޕިކަޕު ދަށުވެގެން ކަމަށް ބެލެވެއެވެ.
މިއެކްސިޑެންޓް ހިނގިއިރު ޕިކަޕު ދުއްވަން އިން ސ.ފޭދޫ/ ދިރިމާގެ އަޙުމަދު އާޒިމް 52، އަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތްމީހެއްކަން ފާހަގަކުރެވެއެވެ. މިމައްސަލަ އައްޑުއަތޮޅު ޕޮލިސް ސްޓޭޝަނުން މިހާރު ގެންދަނީ ތަހްޤީޤް ކުރަމުންނެވެ.
|
|
|

|
|
|
