| Thaana usage on the website |
|
|
|
| Written by Yasiph | |
| Friday, 30 May 2008 | |
|
Testing thaana usage in Yafaau.info after a major database upgrade ދިވެހި އަކުރު ސްކްރީނުން ބެލުމާއި ޕްރިންޓުކުރުން މި ވެބްސައިޓްގައި ހިމެނޭ ދިވެހި ޞަފްހާތައް ސްކްރީނުން ބަލާއިރު، އަދި ކަރުދާހަށް ޕްރިންޓް ކޮށްގެން ބަލާއިރުވެސް ލޮލަށް އެންމެ ފަސޭހަވެފައި ރީތިކަމަށް މިހާތަނަށް ފާހަގަ ކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ތައްޔާރު ކުރައްވާފައިވާ ފަރުމާ ފޮންޓެވެ. ވީމާ ފަރުމާ ފޮންޓު ޑައުންލޯޑް ކުރެއްވުން އެދެވިގެން ވެއެވެ. މި ވެބްސައިޓްގައި ކެރެކްޓަރ އެންކޯޑް ކުރެވިފައިވަނީ ޔުނިކޯޑް ޔޫ.ޓީ.އެފް-8 އަށެވެ. ވިންޑޯޒް ނޫން ޕްލެޓްފޯމްތަކުގައިވެސް މި ވެބްސައިޓް ޓެސްޓުކުރެވި ރަގަޅަށް ފެންނަކަމަށް ފާހަގަކުރެވެއެވެ. މީގެ ތެރޭގައި ލިނަކްސްގެ ޕްލެޓްފޯމްތަކާއި މެކިންޓޯޝްއިންވެސް ފުރިހަމަކަން އެގެއެވެ. ރާއްޖޭގައި އާއްމު ބޭނުންތަކުގައި ލިނަކްސް އަދި މެކް ޕްލެޓްފޯމް މަޑުމަޑުން އިތުރުވަމުން އަންނާތީވެ ލިނަކްސް އާއި މެކް ބޭނުންކުރައްވާ ބޭފުޅުން އެބޭފުޅެއްގެ ކޮމްފިއުޓަރުން މި ވެބްސައިޓް ބޭނުން ކުރެއްވުމުގައި ކުރެވޭ ތަޖުރިބާ ވެބްމާސްޓަރ އަށް އީމެއިލް އަކުން ނޯޓިފައި ކޮށްދެއްވުމަކީ އެދެވޭ ކަމެކެވެ. ވިންޑޯޒް: ފަރުމާ ފޮންޓު އިންސްޓޯލް ކުރެވިފައިވާނަމަ ތާނައަކުރު ފެންނާނީ އެފޮންޓުންނެވެ. ނެތްނަމަ ދެންބަލާނީ “އެމްވީ ގަލަން ނޯމަލް” އަދި އެއަށްފަހު “އެމްވީ ބޮލި” ފޮންޓަށެވެ. މިއިން އެއްވެސް ފޮންޓެއް ނެތްނަމަވެސް ވިންޑޯޒް އެކްސްޕީގައި ފަހުގެ ބްރައުޒަރ އެއް ބޭނުންކުރައްވާނަމަ (މަލްޓިލިންގުއަލް ޔުނިކޯޑް ސިސްޓަމް ފޮންޓެއްގެ އެހީގައި) ތާނަ އަކުރު ފެނުމުގެ ފުރުޞަތު ބޮޑެވެ. މި ޞަފްޙާ އަދި ނުނިމޭ.
|
| Next > |
|---|
|
CARE Society to celebrate Disability day events at Male'. |
| Flash photo gallery |
| Home |
| Introduction |
| News |
| Blog |
| Links |
| Contact Us |
| Search |
| News Feeds |
| FAQs |