ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކުރެވިގެން ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތައް ދޫކުރުމާއި ބެހޭ އުސޫލު އާއި އެޕްލިކޭޝަން ފޯރމު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކުރެވިގެން ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތައް ދޫކުރުމާއި ބެހޭ އުސޫލު އާއި އެޕްލިކޭޝަން ފޯރމު

[caption id="attachment_2956" align="aligncenter" width="384"] Photo copyrights sun.mv[/caption] 2013 ވަނަ އަހަރު ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސްއިން ދޫކުރާ ފްލެޓްތަކުގެ އުސޫލު އާއި އެކަމަށް އެދޭ ފޯމް ހިއްސާކޮށްލާނަމެވެ. މި އުސޫލަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކުރެވިގެން ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތައް ދޫކުރުމުގައި ބަލާނެ ކަންކަމުގެ މައްޗަށް ބިނާކޮށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސްއިން އެކުލަވާލާފައިވާ އުސޫލެކެވެ. މި އުސޫލުގައި "މިނިސްޓްރީ" މިހެން ލިޔެވިފައިވާ ތަންތަނުގައި އިޝާރާތްކުރެވިފައިވާނީ، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް ނުވަތަ އެ އިރެއްގައި ދައުލަތުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަށް ޙިމާޔަތްކުރުމަށް މެންޑޭޓް ކޮށްފައިވާ މިނިސްޓްރީއަކަށެވެ. މި މައުލޫމާތަކީ ގިނަފަރާތަކަށް އިނގޭނޭހެން ހުންނަންޖެހޭނޭ މައުލޫމާތެއްކަމުގައި ޔަފާއު ޑޮޓް އިންފޮ އިން ދެކޭތީވެ، މި މަޢުލޫމާތު ކިޔުންތެރިންނާއި ހިއްސާކޮށްލާނަމެވެ. އަދި ވީހާވެސް ގިނަ ފަރާތްތަކަށް މި މަޢުލޫމާތު ހިއްސާކުރުމަށް އަޅުގަޑު އިލްތިމާސް ކުރަމެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކުރެވިގެން ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތައް ދޫކުރުމާއި ބެހޭ އުސޫލު [download id="40"] ނުކުޅޭދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކުރެވިގެން ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކަށް އެދޭ ފޯރމް [download id="41"] ޚަބަރުތަކުން: - ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ފްލެޓަށް އެދުމުގެ ފުރުސަތު...

read more

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރުން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރުން

ހަވީރު ނިއުސް ސަރވިސް: ނުކުޅެދުންތެރިކަން ހުންނަ މީހުން (ކުޑަކުދިން ވެސް ހިމެނޭ ގޮތަށް) ގެ ހައްގުތައް ރައްކާތެރިކުރުމަށް ރާއްޖޭގައި ކުރިންސުރެ ވެސް ތަފާތު މަސައްކަތްތައް ކުރަމުން އަ އެވެ. އެކަމަކު ދިރިއުޅުމުގެ ހުރިހާ ކަމެއްގައި، އިމާރާތްކުރުމުން ފެށިގެން ޚިދުމަތުގެ ދާއިރާއާ ހަމަށް، އެމީހުންނަށް ފަސޭހަ ހޯދައިދިނުމެއް، އެމީހުންނަށް ހިޔާމަތް ދިނުމެއް ނޯވެ އެވެ. އެހެންކަމުން ވީލްޗެއާއެއްގައި ދާ މީހަކަށް ތަނަކަށް ނުވަދެވެ އެވެ. ދޮރާ ހަމައިން ޖެހޭނީ މަޑުކުރާށެވެ. މިކަހަލަ ހުރަސްތަކާ ހެދި އެތައް ކުދިންނަކަށް ވަނީ ތައުލީމު ހޯދުމުގެ ފުރުސަތު ގެއްލިފަ އެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކޮށް ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވެފައިވާ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ވީލްޗެއާއެއްގައި ދާ ކުއްޖާ އަށް ކްލާސް ރޫމްގެ ދޮރު ކައިރިން މަޑުކުރަން ޖެހުމަކީ މައްސަލައެކެވެ. ރާއްޖޭގެ ސްކޫލްތައް ހަދާފައި ހުންނަން ޖެހޭނީ އެ ކްލާސްރޫމަށް، އެގޮނޑީގައި އެ ކުއްޖާ އަށް ވަދެވޭ ގޮތަށެވެ. ޚިދުމަތް ހޯދަން ދާން ޖެހޭ އެހެން އިދާރާތައް ވެސް ހުންނަން ޖެހޭނީ އެފަދަ މީހުންނަށް ފަސޭހައިން ވަދެ ނުކުމެވޭ ގޮތަކަށެވެ. ނުކުޅެދުންތެރިކަން ހުރުމުގެ މާނަ އަކީ ދިރިއުޅުމުގެ އުފާތަކުން އެމީހުން މަހުރޫމްވުމެއް ނޫނެވެ. ކަންފަތަށް ނީވޭ މީހުންނަށް އެމީހުންގެ ދިރިއުޅުމުގެ އަސާސީ ކަންތައް ފުދޭ ވަރަށް ތައުލީމު ލިބިގަތުމުގެ ފުރުސަތު ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އޮވެ އެވެ. ރާއްޖޭގައި ވެސް އެކަން ކޮންމެވެސް ވަރަކަށް ކުރިއަށް ގެންދެ އެވެ. ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުއްޓަސް ކޮންމެވެސް މަސައްކަތެއްގައި ބައިވެރިކޮށްގެން ގެންގުޅުމުގެ ފުރުސަތު އެމީހުންނަށް ލިބިދޭން ޖެހެ އެވެ. އޭރުން ހަމައެކަނި ދައުލަތުން ދޭ އެއްޗަކަށް ބިނާނުވެ، އަމިއްލަ އަށް ކޮންމެވެސް މަސައްކަތެއް ކޮށްގެން ދިރިއުޅުމުގެ ކަންތައް ހަމަޖެއްސުމުގެ އާދަ އަށަގަންނާނެ އެވެ. މިކަހަލަ ގޮތަކަށް އަޅުގަނޑުމެންގެ ގައުމުގައި ކަންކަން ފުރިހަމަވާނީ ދައުލަތުގެ އިދާރާތަކާއި އާންމުން ވެސް ވަރަށް ބޮޑު ސަމާލުކަމެއް ދީގެންނެވެ. އަޅުގަނޑުމެންގެ ފަރާތުން ގިނަ ކަންތައްތަކެއް މުޖުތަމައުގެ ހައްގުގައި ފޯރުކޮށްދިނުމުގެ ރީތި އާދަ އަށަގަންނުވައިގެންނެވެ. މި ޒަމާނުގައި ނުކުޅެދުންތެރިކަން ހުރުމުގެ މާނަ އަކީ އާދައިގެ ދިރިއުޅުމަކުން އެމީހުން މަހުރޫމްވުމެއް ނޫނެވެ. ނުކުޅެދުންތެރިކަން ހުންނަ އެތައް ބަޔަކު އެކި ދާއިރާތަކުން ބޮޑެތި ކާމިޔާބީތައް ހޯދައި، ވިޔަފާރި އާއި އެހެނިހެން ފަންނުވެރިކަމުގައި ނަމޫނާ ބަޔަކަށް ވެފައިވަނީ މަދެއްކޮށެއް ނޫނެވެ. އެކަމަކު އެ ހާސިލްކުރުމާ ހަމައަށް ދަތުރުކުރުމަށް މުޖުތަމައުގެ ފަރާތުން ވަކި ކަންކަން ހަމަޖެހިފައި ހުންނަން ޖެހެ އެވެ. އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިސްކަމެއް ދޭން ޖެހެ އެވެ. އެމީހުންގެ މަތިން ހަނދާންނައްތާ ނުލައި، ކުރިއަށް ގެންދެވޭނެ މަގުތަކެއް ދައްކައިދޭން ޖެހެ އެވެ. ރާއްޖޭގައި އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންގެ ތެރޭގައި ހިމެނޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި މިހާރަށް ވުރެ މުހިންމު ރޯލެއް އަދާކުރުމުގެ ފުރުސަތު އަޅުގަނޑުމެންގެ ކޮންމެ މީހަކަށް ވެސް އެބަ އޮތެވެ. އެއީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ކޮންމެވެސް ވަރެއްގެ ވާޖިބަކަށް ނޫނީ ނުވާނެ އެވެ. އެހެންކަމުން އެފަދަ ފަރާތްތަކާ މެދު މިހާރަށް ވުރެ ބޮޑަށް ވިސްނައި، ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން، ފަސޭހަކޮށް ކަންކަން ހަމަޖައްސައިދިނުން، ވަރަށް މުހިންމެވެ. ޓްރެކްބެކް ލިންކް: -  ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް...

read more

ނުކުޅެދުންތެރިކަން ހުންނަ މީހުނަށް ދޭ ފައިސާގެ އިނާޔަތަށް އެދި 4000 އަށް ވުރެ ގިނަ ފޯމް ލައިފި

ނުކުޅެދުންތެރިކަން ހުންނަ މީހުނަށް ދޭ ފައިސާގެ އިނާޔަތަށް އެދި 4000 އަށް ވުރެ ގިނަ ފޯމް ލައިފި

ޚަބަރު:   ނުކުޅެދުންތެރިކަން ހުންނަ ފަރާތްކަށް ސަރުކާރުންދޭ ފައިސާގެ އިނާޔަތަށް އެދި މިހާތަނަށް 4000 އަށް ވުރެ ގިނަ ފަރާތުން ފޯމްލައިފި އެވެ. ހެލްތު މިނިސްޓްރީން އާންމު ކުރި ފެކްޓް ޝީޓެއްގައި ބުނަނީ އިނާޔަތުގެ ފައިސާއަށް އެދުމުގެ ފުރުސަތު ހުޅުވައިލުމުން މިހާތަނަށް 4288 ފަރަތާކުން ފޯމް ލާފައިވާ ކަމަށާއި އޭގެ ތެރެއިން 2318 ފޯމްގެ މައުލޫމާތު ބަލައި ޗެކްކޮށް އެ ފަރާތްތަކަށް ލިބެންޖެހޭ 2000ރ. ގެ އިނާޔަތް ދޫކުރަން އެންސްޕާއަށް ފޮނުވާފައިވާ ކަމަށެވެ. މީގެ އިތުރުން އެ ފޯމްތަކުގެ ތެރޭގައި ހިމެނޭ ނުޅެދުންތެރިކަން ހުރި މީހުންގެ ގޮތުގައި ބެލެވެން ނެތް 68 ފަރާތަކަށް އެކަން ރަސްމީކޮށް އަންގާފައިވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އެފަރާތްތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ކަމަށް ބަލާ މިންގަނޑަށް ނުފެތޭ ތެލަސީމިޔާ ބައްޔާއި ހިތުގެ ބައްޔާއި ހަކުރު ބަލިތައް ފަދަ ބަލިތަކުގެ މީހުން ވެސް ހިމެނެ އެވެ. މިނިސްޓްރީން ބުނީ މިހާރު ހުރި ފޯމްތަކުގެ ތެރެއިން އެންސްޕާއަށް ނުފޮނުވާ ހުރީ މެޑިކަލް ސެޓްފިކެޓާއި ބޭންކް އެކައުންޓާއި އައިޑީކާޑްފަދަ މުހިންމު ޑޮކިއުމެންޓްތަކުގެ ކޮޕީ ނުލިބުމުންނާއި ސިދާ މުއާމަލާތް ކުރާނެ ނަމްބަރެއް ނެތިގެން މަޑު ޖެހިފައިވާ ފޯމްތައް ކަމަށެވެ. "... މިނިސްޓްރިން މިގެންދަނީ ނުނިމި ހުރި ފޯމްތަކުގެ މައްސަލަ ހައްލުކޮށް ވީއެންމެ އަވަސް ފުރުސަތެއްގައި އެ ފަރާތްތަކަށް ދޭންޖެހޭ އިނާޔަތް ދޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށެވެ،" ނޫސްތަކަށް މީނިސްޓްރީން މިއަދު އާންމު ކޮށްފައިވާ މައުލޫމާތު ކަރުދާހުގައި ވެ އެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނެއް ފާސް ކުރީ މިދިއަ އަހަރު އެވެ. އެ ގާނޫނާ ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރެއް ސަރުކާރުން ވަނީ ފުރަތަމަ ފަހަރަށް އެކުލަވައިލައިފަ އެވެ. ޓްރެކްބެކް: ސަން: ނުކުޅެދުންތެރިކަން ހުންނަ މީހުނަށް ދޭ ފައިސާގެ އިނާޔަތަށް އެދި 4000 އަށް ވުރެ ގިނަ ފޯމް ލައިފި އަޕްޑޭޓް: މިއަދު،11/05/2011ގައި އެންސްޕާއަށް ގޮސްގެން ބެލިބެލުމުން މިއަދަދުތައް ދިމާނުވާކަންވަނީ ފާހަގަ ކުރެވިފައެވެ. ޖެންޑަރ ޑިޕާރޓްމަންޓްއިން 2318 ފޯމް އެންސްޕާއަށް ފޮނުވާފައިވާކަމަށް ބުނާއިރު، އޭގެ 2 ދުވަސް ފަހުން މިއަދު 11:00 އާއި ހަމައަށް އެންސްޕާއިން އެލަވަންސް ދޫކުރާކަމަށްވަނީ އެންމެ 1372...

read more