ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެމުންގެންދާ މާލީ އެހީތެރިކަމުގައިވާ ފަރަޤު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެމުންގެންދާ މާލީ އެހީތެރިކަމުގައިވާ ފަރަޤު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލް 22 ޖޫން 2010 ގައި ރައްޔިތުންގެ މަޖިލިހުން ފާސްކުރުން ވެގެން ދިޔައީ މިފަދަ މީހުންނަށާއި މިފަދަ މީހުންގެ ޢާއިލާތަކަށް ހިތްހަމަޖެހުން ގެނުވައިދިން ކަމަށެވެ. އެހެނީ މީގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މަހަކު -/2000 ރުފިޔާގެ މާލިއެހީތެރިކަމެއް ލިބިގެންދާނެތީއެވެ.

ނަމަވެސް މި ޤާނޫނު ފާސްވުމުގެ ކުރިންވެސް އަދި ފަހުންވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ލޮލުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ފައިސާގެ އެހީތެރިކަމެއް ފޯރުވަމުންގެންދިޔައެވެ. އަދި މި އެހީ ފެށިގެން ދިޔައީ ވަރަށްކުޑަ މިންވަރަކުން ނަމަވެސް މިފަދަ މީހުންގެ ޝަކުވާތައް ސަރުކާރާއި އަދި ހައްޤުތައް ހޯދައިދިނުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ހުށަހެޅުމާއި ގުޅިގެން 2010 ވަނަ އަހަރުންފެށިގެން މިފަދަކޮންމެ މީހަކަށް މަހަކު -/1500 ރުފިޔާ ދެމުން ގެންދިޔައެވެ…

read more