ޑައުންސް ސިންޑްރޮމް

ޑައުންސް ސިންޑްރޮމްއަކީ ހަށިގަނޑުގައިވާ ސެލްތަކުގައި ޖެނެޓިކް މާއްދާ ހުންނަންވާ ވަރަށްވުރެން ގިނަވުމުގެ ސަބަބުން ނުވަތަ ބައެއްފަހަރަށް ކްރޮމޮޒޯމް ބައިބައިވެ ބެހިގެން ދިއުމުގައި ދިމާވާ މައްސަލައަކުން ކުރިމަތިވާ ނުކުޅެދުންތެރިކަމެކެވެ. ޑައުންސް ސިންޑްރޮމް ދިމާވާން މެދުވެރިވާ ސަބަބު: އިންސާނާގެ ހަށިގަޑުގައި 46 ކްރޮމޮޒޯމްވެއެވެ. ފިރިހެންމީހާގެ ދަރިފަނި އަދި އަންހެން މީހާގެ ދަރިމައިވުމުގެ ބިހުގައި ހުންނަ 23 ކްރޮމޮޒޯމް އެކުވެ 46 ކްރޮމޮޒޯމް ހަމަވެއެވެ. މިގޮތުން އަންހެން މީހާއާއި ފިރިހެން މީހާގެ ސެލްތައް ގުޅިބައިބައިވާ ވަގުތު ކްރޮމޮޒޯމްއަށް އަށް އަންނަ ނުވަތަ ޖެހޭ މައްސަލައެއްގެ ސަބަބުން ހަށިގަނޑުގައި ހުންނަންވާ 46 ކްރޮމޮޒޯމްގެ ބަދަލުގައި 47 ކްރޮމޮޒޯމްއަށް ބަދަލުވެއެވެ. މިއިތުރުވާ ކްރޮމޮޒޯމްގެ ސަބަބުން ޑައުންސް ސިންޑްރޯމްއޭ ކިޔާ ނުކުޅެދުންތެރިކަން ކުއްޖާގައިހުރެއެވެ. އަދި މީގެ ސަބަބުން ކުއްޖާގެ ހެދިބޮޑުވުމަށް ހުރަސްތަކަކާއި ދިމާވެއެވެ. ކުއްޖާގެ ތޫނުފިލިކަމަށް ގެއްލުން ލިބުމާއިއެކު މި ނުކުޅެދުންތެރިކަން ދެނެގަނެވޭނެ ސިފަތަކެއް ކުއްޖާގެ ކިބައިގައި ވެއެވެ. ޑައުންސް ސިންޑްރޯމް ހުންނަ ގިނަކުދިންނަށް ޞިއްޙީ މައްސަލަތަކާއި ކުރިމަތިވާނެއެވެ. އޭގެތެރޭގައި އިވުމުގެ މައްސަލައާއި، ހިތުގެ ބަލިތައް އަދި ވަރަށް ގިނައިން އަރިދަފުސް ރޯގާޖެހެއެވެ. އެހެންކުދިންނާއި އަޅާބަލާއިރު މިކުދިންނަށް ލޮލުގެ މައްސަލަތައް ތަޖުރިބާ ކުރަންޖެހެއެވެ. ބައެއްތަޖުރިބާކާރުން ބުނުއްވާ ގޮތުގައި ހަމަޢުމުރުގައި ވިހާ މީހާއަށްވުރެން 35 އަހަރު ނުވަތަ އެއަށްވުރެން ދޮށީ ޢުމުރުގެ މީހުންނަށް ލިބޭކުދިންނަށް މިކުނުޅެދުންތެރިކަން ދިމާވުމުގެ ފުރުޞަތު ބޮޑުވެއެވެ. ފާހަގަ ކުރެވޭ ސިފަތައް: - އެންމެ ތުއްތު އިރު ކުއްޖާގެ މަސްތަކުގައި ވަރު ނުހުރުމާއި، ގިނަގިނައިން ރޮއެ ހެދުން. - ކުއްޖާގެ ހެދިބޮޑުވުން ލަސްވުން. - ކަންފަތް ތިރީގައި ވުމާއި، އަނގަ ހުޅުވިފައި ނުވަތަ މަތީ ތަލި އުސްވެފައި ދޫ ބޭރަށް ނުކުމެފައިވުން. - ލޮލުގެ ބޮނޑި ދުޅަވެ ފުއްޕާފައި ހުންނަ ގޮތަށް ހުރުން. - ކަރުކުރުވެފައި، މޫނު ފަތާވެފައި އަދި ބޮލުގެ ފުއްކިބަ ފަހަތަށް ފުޅާވެފައި ވުން. - ހަށިގަނޑުގެ އަގުނުތައް (ހަތަރެސްފައި) ކުރުވެފައިވުން، ޢުމުރުފުރައިގެ އެހެން ކުދިންނަށްވުރެން ކުރުވުން. - ފައިތިލަ ފަތާވެފައި، ފައިގެ ބޮޑުވާ އިނގިލި ކުޑަކޮށް ބޭރަށް ފޭވެފައި ހުރުން. - ޞިއްޙީ މައްސަލަތަކާއި ކުރިމަތިވުން. އެޅިދާނެ ފިޔަވަޅުތައް: - ކުއްޖާގެ ހެދިބޮޑުވުން ލަސްވާނަމަ އަވަހަށް ޑޮކްޓަރަކަށްދައްކައިގެން ދަރިފުޅުގެ ނުކުޅެދުންތެރިކަމާއި ބެހޭ މަޢުލޫމާތު ލިބިގަތުން. - ކުއްޖާގެ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ކުރެއްޖެނަމަ ފިޒިއޮތެރަޕިސްޓެއްގެ ލަފާހޯދުން. - ސްޕީޗް ތެރަޕީ ދިނުން. - ކުއްޖާގެ ކިބައިގައިވާ ނުރަގަޅު އާދަކެޑުވުން. - ޢުމުރުފުރައިގެ އެހެން ކުދިންނާއެކު އުޅުމުގެ ފުރުޞަތު ދިނުން. - އަމިއްލަ ކަންތައް އަމިއްލައަށް ކުރަން ދަސްކޮށްދިނުން. - އަމިއްލަ ކަންތައްތައް އަމިއްލައަށް ކުރުމުގެ ފުރުސަތު ދަރިފުޅަށް ދިނުން. - މުޖްތަމައުގައި އުޅެންދަސްކޮށްދިނުމާއި ރައްޓެހި ނުރައްޓެހި އަންގައި...

read more

ކަންފަތަށް އަޑުއިވުމުން މަޙުރޫމްވުން

އަޑުއިވުމުގެ ނުކުޅެދުން ތެރިކަން އިޙުސާސް ކުރަންޖެހޭނީ ކުއްޖާ ދުނިޔެއަށް އުފަންވާއިރު ނުވަތަ ކުއްޖާ ދުނިޔެއަށް އައުމަށްފަހު ކަންފަތަށްލިބޭ ގެއްލުމެއްގެ ސަބަބުންނެވެ.   ދިމާވާން މެދުވެރިވާ ސަބަބު: - ކަންފަތުގެ ބައިތައް، ނާރުތައް ، ލޭހިގާ ހޮޅިތައް ފަދަބަޔަކަށް ގެއްލުން ލިބުން. - ސިކުނޑީގައިވާ އަޑުއިވުމުގެ ނިޒާމް ކޮންޓްރޯލްކުރާ ބަޔަށްގެއްލުމެއް ލިބުން. - ވާރުތަވުމުގެ މައްސަލަ. - ލޭގެގުޅުމެއް ވާ ދެމީހަކު ކައިވެނިކުރުން. - މާބަނޑުއިރު އެކްސްރޭ ނެގުމާއި އަދި ޑޮކްޓަރުގެ އިރުޝާދާނުލައި ބޭސް ބޭނުންކުރުން. - ކަންފަތުން ދޮސްއައިސް އިންފެކްޝަން ހެދުމުން އެކަމުން ފަރުވާއެއްނެތި ލަސްވުން. - ކަންފަތްސާފުކުރުމަށް ބައެއްކަހަލަ ނުރައްކާތެރި ހަތިޔާރުގެ ބޭނުންކުރުން. - ކަންފަތްމަތީ ބާރުއެތިފަހަރު ޖެހުން. - ބާރުގަދަ އަޑުތަކަށް ކުއްލިއަކަށް އެކްސްޕޯސް ކުރުން.   މިފަދަ ކުއްޖަކު ދެނެގަންނާނެގޮތް: - ފުރަތަމަ 3 މަހުގެ ތެރޭގައި ކުއްޖާގެ 3 ފޫޓްދުރުން އަންނަ އަޑުތަކަށް ސަމާލުކަން ނުދިނުން. - އުމުރުން 18 މަހާއި 3 އަހަރާ ދެމެދު ވާހަކަ އަޑުއެހުމަށް ޝައުޤުވެރިނުވުން. - ސުވާލެއްކުރުމުން ނެގުމެއްގެ ތެރޭގައި ހުންނަކަހަލަގޮތަކަށް މޫނުމަތި ހުރުން. - ސްކޫލްގައި ނަގައިދޭ ފިލާވަޅުތައް ދޭހަވުމަށް އުދަގޫވުން. - މީހުންނާ މުޢާމަލާތްކޮށް އުޅުމަށް އުދަގޫވުން. - ވާހަކަދެއްކުމުގެ ބަދަލުގައި އާދަޔާޚިލާފަށް ބޮލުގެ ބޭނުންކުރުން . - ޢެއްޗެހިތަކުގެ ނަންބުނުމުގެ ބަދަލުގައި ޢިޝާރާތުން ދެއްކުން. * ނޯޓް: ކުއްޖާގެ އިވުމުގެ މައްސަލެއެއް ހުރިކަމަށް ޝައްކު ކުރެވޭނަމަ އަމިއްލައަކަށް ޓެސްޓްކުރެއްވިދާނެއެވެ. ޓެސްޓްކުރަން ބޭނުން ކުރެވިދާނެ ދެގޮތުގެ މިސާލު ބައިވެރިން މަޝްވަރާ ކުރެއްވުމަށްފަހު އެހެން ގުރޫޕްތަކަށް ހުށަހަޅުއްވާއިރު ހުށަހެޅުއްވުން އެދެމެވެ.   އެޅިދާނެ ފިޔަވަޅުތައް: - މާބަނޑު ދުވަސްވަރު ޤަވާޢިދުން ޑޮކްޓަރަށް ދެއްކުން. - މާބަނޑުއިރު ޑޮކްޓަރުގެ އިރުޝާދާނުލާ ބޭސްބޭނުން ނުކުރުން. - އަޔޮޑިންހިމެނޭ ލޮނުބޭނުން ކުރުން. - ކަންފަތުގެ މައްސަލައެއް އުޅޭނަމަ ވީއެންމެ އަވަސްފުރުޞަތުގައި ޑޮކްޓަރަކަށް ދެއްކުން (ކަންފަތަށް ދިމާވާކަހަލަ މައްސަލަތައް ޤްރޫޕް މެމްބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު މިސާލުތައް އެހެން ބައިވެރިންނަށް ކިޔާދިނުން) - ބާރުއަޑުތަކުގެ ތެރޭގައި މަސައްކަތްކުރާއިރު އެމަސައްކަތުގައި އުޅޭއިރު ބޭނުންކުރާ ހެޑްފޯން ބޭނުންކުރުން. - ކަންފަތަށް އެކި އެއްޗެތި ނުބޭނުން. - ކުއްޖާ ކުޑައިރުއްސުރެން ހިޔަރިންއެއިޑްގެ ބޭނުންކޮށްގެން އިވުމުގެ މިންވަރު ތަރައްޤީކުރެވޭނަމަ ޤަވާޢިދުން އެއިގެ ބޭނުންކުރުމަށް ހިތްވަރުދިނުން. - ޢާއިލާގެ އެހެން މެމްބަރުންނާ އެއްވެސް ތަފާތެއްނުކުރުން. - ވާހަކަދައްކަން މަސައްކަތްކުރާއިރު އެކަމަށް ހިތްވަރު ދިނުމާއި ކުއްޖާއަށް ވާހަކަދެއްކުމަށް ފުރުޞަތު ދިނުން. - ކުއްޖާގެ ހުނަރެއްހުރިނަމަ އެކަމެއް ކުރިއެރުވުމަށް މަސައްކަތްކުރުން. - ދަރިމައިވާ ޢުމުރުގެ އަންހެނުންނަށް ތަފާތު ބަލިތަކަށް ވެކްސިން...

read more

ސިކުނޑީގެ ނުކުޅެދުން ތެރިކަން

ސިކުނޑީގެ ނުކުޅެދުންތެރިކަމަކީ ކުއްޖާގެ ޢުމުރާ އެއްވަރަށް ސިކުނޑި ތަރައްޤީވަމުން ނުދިއުމެވެ. މިހެންވެއްޖެނަމަ ކުއްޖާގެ ހެދިބޮޑުވުން ލަސްވާނެއެވެ. ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އޭގެ އަސަރު ވަރަށް ބޮޑަށް ފޯރާފައިވާނަމަ އެކުދިން ދެނެގަތުމަށް ވަރަށްފަސޭހަވާނެއެވެ. ނަމަވެސް ކުއްޖާ ކުޑަވެފައި ސިކުނޑިއަށް ގެއްލުން ލިބިފައިވާ މިންވަރު ކުޑަނަމަ މިފަދަކުދިން ދެނެގަތުމަށް އުދަގޫވާނެއެވެ. ބޭރުފުށުން ފެންނަންހުންނަ ބައެއް ސިފަތަކުންނާއި ކުއްޖާ އެކަށީގެންވާވަރަށް ހެދިބޮޑުވަމުންނުދާނަމަ ކުއްޖާގެ ނުކުޅެދުންތެރިކަން ދެނެގަތުމަށް ފަސޭހަވާނެއެވެ. މިފަދަ ކުދިން އަމިއްލަ ކަންތައްތައް ކުރުމަށާއި އެހެނިހެން ބޭނުންތައް ފުއްދުމަށް އެހެންމީހުންގެ އެހީތެރިކަން ބޭނުންވެއެވެ. މެދުވެރިވާން ދިމާވާ ސަބަބު: - ދަރިމައިވުމުގެ ޢުމުރު އެކަށީގެންނުވުން. - ދުވަސްނުފުރާ ވިހެއުން. - ވާރުތަވުން. - މާބަނޑުދުވަސްވަރު މަދުން މިނަރަލްސް ލިބުން. - ޑޮކްޓަރުގެ އިރުޝާދާނުލާ ބޭސްބޭނުން ކުރުން. - ވިހެއުމުގެ ތެރޭގައި ، ވިހެއުމުގެ ކުރިން ނުވަތަ ވިހެއުމަށްފަހު ސިކުނޑިއަށް ލިބޭ ގެއްލުމެއްގެ ސަބަބުން. - ބޮލަށް އަނިޔާވުން - މާބަނޑު ދުވަސްވަރު މަސްތުވާތަކެތީގެ ބޭނުންކުރުން. މިފަދަ ކުއްޖަކު ދެނެގަންނާނެގޮތް: - ހެދިބޮޑުވުމުގެ މަރުޙަލާތައް ލަސްވުން. - މާބޮޑަށް ހަލަނިވުން . - އުގެނުމަށް ދަތިވުން. - ބައެއްފަހަރު ފެނުމާއި އަޑުއިވުމުގެ ޙިއްސަށް އަސަރުކުރުން. - ފިޓްޖެހުން. - ހަށިގަޑު ސީދަލަށް ހިފެހެއްޓުމުގައި މައްސަލަ ދިމާވުން. - ތަދުވުމާއި، ފިނިކަން އަދި ހޫނުކަން އިޙްސާސްނުވުން. - ތިމާއާއި އެއްވަރުގެ ކުދިންނާއި ގުޅިގެން އުޅޭމިންވަރު ކުޑަވުން. - ހަނދާންބަލިވުން. - ކަންތައްތައް ކުރުމުގައި ދަތިވުމާއި ހެލިފެލިވެ އުޅުމަށް އުދަގުވެފައި މަދުވުން. - ކަންތައްތަކަށް ހުންނަ ޝަޢުޤުވެރިކަން ކުޑަވުން. އެޅިދާނެ ފިޔަވަޅުތައް: ސިކުނޑީގެ ނުކުޅެދުމަކީ މުޅިންފަސޭހަވާ ކަމެއްނޫނެވެ. އެހެނީ އެއީ ބައްޔެއްނޫނެވެ. ވީމާ ބޭހަކުންވެސް އަދި އޮޕްރޭޝަންކޮށްގެންވެސް އެކަން އެއްކޮށްރަގަޅެއް ނުކުރެވޭނެއެވެ. ނަމަވެސް އެފަދަކުދިންނަށް ދެވޭ ޚާއްޞައެހީތެރިކަމަކާއި ތަމްރިނުތަކަކުން އެކުދިންނަށް އުގަންނައިދެވިދާނެއެވެ. އަދި އެކުދިންގެ އަސާސީ ބޭނުންތައް ފުއްދައިގަނެވޭވަރު ކޮށްދެވެއެވެ. ޚާއްޞަކޮށް ޅަޢުމުރުގައި އެފަދަ ތަމްރިނުތަކެއް ދިނުން...

read more

ލޮލުގެ ނުކުޅެދުންތެރިކަން

  ލޮލުގެ ނުކުޅެދުންތެރިކަމކީ މީހާގެ ފެނުމުގެ މިންވަރު ހުންނަންވާ މިންގަނޑަށްވުރެ ދަށުވުމެވެ. ފެނުމުގެ އެއްވެސް މައްސަލައެއް ނެތް މީހެއްގެ ފެނުމުގެ މިންވަރަކީ 6/6 އެވެ. މިމިންވަރަށް ވުރެ ފެނުން ދަށްވެއްޖެކަމަށްވާނަމަ އެމީހެއްގެ މިންވަރު ދަށްވީއެވެ. މީގެ މާނައަކީ 20 ފޫޓްގައި ފެންނަތަކެތި ނުވަތަ ދެނެގަނެވޭ ތަކެތި 10 ފޫޓަށް ކައިރިވެގެން ނޫނީ ނުފެނުމެވެ. ބައެއްމީހުން އުފަންވާއިރުވެސް ލޮލުގެ ބާރުދެރަވެ ފެނުމުގެ ޙިއްސަށް ގެއްލުން ލިބިފައިވެއެވެ. ހަމައެއާއެކު އިންސާނާ ދުނިޔެއަށް އައުމަށްފަހުގައިވެސް ލޮލުގެ ފެނުން ގެއްލިގެންދެއެވެ. ވަރަށްގިނަ ބަޔަކު ދެކޭގޮތުގައި ލޮލުގެ ފެނުމުން މަޙްރޫމްވެފައިވާ މީހުންނަށް އެކަން ފޫބައްދައިދޭން އިތުރު ޙިއްސެއް އެމީހުންނަށް ލިބިފައިވެއެވެ. ނަމަވެސް އެއީ ކުށްހީއެކެވެ. މިކަންފޫބެއްދުމަށްޓަކައި އެމީހުން އެހެންމީހުންނަށްވުރެން ބޮޑަށް އެހެން ޙިއްސުތަކުގެ ބޭނުންކުރެއެވެ. މިގޮތުން އަޑުއެހުމުގެ ހިއްސު ، ވަސްދެނެގަތުމުގެ ޙިއްސު އަދި ބީހުމުގެ ޙިއްސުގެ ބޭނުން ބޮޑަށްކުރެއެވެ. ދިމާވާން މެދުވެރިވާ ސަބަބު: - ލޮލުގެ މައިނާރު ނުވަތަ ލޭދައުރުކުރާ ނިޒާމްފަދަ ބައިތަކަށް ގެއްލުންވުން. - ސިކުނޑީގައިވާ ފެނުމުގެ ނިޒާމް ކޮންޓްރޯލްކުރާ ބަޔަށް ގެއްލުންވުން. - ބައެއްކަހަލަ ބަލިތައް. (ކޯނިއަލް އަލްސާ، ލޮލަށްފުސްއެރުން މިފަދަ ބައްޔަށް އެކަށީގެންވާ ފަރުވާ ނުހޯދުމުގެ ސަބަބުން) - ރެޓިޓައިނިސް ޕިގްމެންޓޯސާ މިއީ ލޭގެ ގުޅުންހުންނަ މީހުން ކައިވެނި ކުރުމުގެ ސަބަބުން ޖީންތަކުގެ ބާރުދަށްވެ ލޮލުގެ ފެނުމަށް ބެނުންވާ ރޮޑްސްތައް މަޑުމަޑުން ނެތިދިއުމުގެ ސަބަބުން ލޮލުގެ ފެނުމަށް ބަދަލުއައުން. މިފަދަ ކުއްޖަކު ދެނެގަންނާނެގޮތް: - ކައިރި ނުވަތަ ދުރު ބަލަން އުދަގޫވުން. - ތަންތަން ބެލުމަށް ލޯ ނުވަތަ  ބޯ ޙަރަކާތްކުރުން. - ލޯ ނުސާފުވުން ، ފަނޑުކުލައަކަށް ހުރުން. - އެއްތަނުން އަނެއްތަނަށް ދިއުމުގައި އުދަގޫކަމެއް ހުރުން ، އެއްޗެހީގެ އެހީގައި ދިއުން. - ބޯޑްގައި ލިޔެފައިވާ ލިޔުންތައް ނުވަތަ ފޮތުގައި ކުދިކޮށް ހުންނަ ލިޔުންތައް ކިޔަން އުދަގޫވުން. * ނޯޓް: ކުއްޖާގެ ފެނުމުގެ މައްސަލެއެއް ހުރިކަމަށް ޝައްކު ކުރެވޭނަމަ އަމިއްލައަކަށް ޓެސްޓް ކުރެއްވިދާނެއެވެ.   ޓެސްޓްކުރަން ބޭނުން ކުރެވިދާނެ ދެގޮތުގެ މިސާލު ބައިވެރިން މަޝްވަރާ ކުރެއްވުމަށްފަހު އެހެން ގުރޫޕްތަކަށް ހުށަހަޅުއްވާއިރު ހުށަހެޅުއްވުން އެދެމެވެ. އެޅިދާނެ ފިޔަވަޅުތައް: - މާބަނޑު ދުވަސްވަރު ރަގަޅުކާނާ ކެއުން - ވިޓަމިން އޭ އެކުލެވޭ ކާނާ ކެއުން - ޅޮލުގެ މައްސަލައެއް އުޅެކަމަށް ޝައްކުވާނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުން . އެއީ ބައެއްފަހަރު އައިނުގެ އެހީގައި ނުވަތަ އެހެން ކޮންމެވެސް ޑިވައިސްއެއްގެ އެހީގައި ފެނުން އިތުރަށް ގޯސްވިޔަ ނުދީ ހިފެހައްޓައިދީ އަދި ފެނުން އިތުރަށް ތަރައްޤީކުރުމަށްވެސް އެހީވެދެއެވެ. - އެހެން ޙިއްސުތަކުގެ އެހީގައި ކުއްޖާކަންތައްތައް ދަސްކުރުމަށް އެހީތެރިވެ ބާރުއެޅުން. - އަމިއްލަ އަސާސީ ބޭނުންތައް ފުއްދުމަށް...

read more