ކަންފަތަށް އަޑުއިވުމުން މަޙުރޫމްވުން
އަޑުއިވުމުގެ ނުކުޅެދުން ތެރިކަން އިޙުސާސް ކުރަންޖެހޭނީ ކުއްޖާ ދުނިޔެއަށް އުފަންވާއިރު ނުވަތަ ކުއްޖާ ދުނިޔެއަށް އައުމަށްފަހު ކަންފަތަށްލިބޭ ގެއްލުމެއްގެ ސަބަބުންނެވެ.
ދިމާވާން މެދުވެރިވާ ސަބަބު:
- ކަންފަތުގެ ބައިތައް، ނާރުތައް ، ލޭހިގާ ހޮޅިތައް ފަދަބަޔަކަށް ގެއްލުން ލިބުން.
- ސިކުނޑީގައިވާ އަޑުއިވުމުގެ ނިޒާމް ކޮންޓްރޯލްކުރާ ބަޔަށްގެއްލުމެއް ލިބުން.
- ވާރުތަވުމުގެ މައްސަލަ.
- ލޭގެގުޅުމެއް ވާ ދެމީހަކު ކައިވެނިކުރުން.
- މާބަނޑުއިރު އެކްސްރޭ ނެގުމާއި އަދި ޑޮކްޓަރުގެ އިރުޝާދާނުލައި ބޭސް ބޭނުންކުރުން.
- ކަންފަތުން ދޮސްއައިސް އިންފެކްޝަން ހެދުމުން އެކަމުން ފަރުވާއެއްނެތި ލަސްވުން.
- ކަންފަތްސާފުކުރުމަށް ބައެއްކަހަލަ ނުރައްކާތެރި ހަތިޔާރުގެ ބޭނުންކުރުން.
- ކަންފަތްމަތީ ބާރުއެތިފަހަރު ޖެހުން.
- ބާރުގަދަ އަޑުތަކަށް ކުއްލިއަކަށް އެކްސްޕޯސް ކުރުން.
މިފަދަ ކުއްޖަކު ދެނެގަންނާނެގޮތް:
- ފުރަތަމަ 3 މަހުގެ ތެރޭގައި ކުއްޖާގެ 3 ފޫޓްދުރުން އަންނަ އަޑުތަކަށް ސަމާލުކަން ނުދިނުން.
- އުމުރުން 18 މަހާއި 3 އަހަރާ ދެމެދު ވާހަކަ އަޑުއެހުމަށް ޝައުޤުވެރިނުވުން.
- ސުވާލެއްކުރުމުން ނެގުމެއްގެ ތެރޭގައި ހުންނަކަހަލަގޮތަކަށް މޫނުމަތި ހުރުން.
- ސްކޫލްގައި ނަގައިދޭ ފިލާވަޅުތައް ދޭހަވުމަށް އުދަގޫވުން.
- މީހުންނާ މުޢާމަލާތްކޮށް އުޅުމަށް އުދަގޫވުން.
- ވާހަކަދެއްކުމުގެ ބަދަލުގައި އާދަޔާޚިލާފަށް ބޮލުގެ ބޭނުންކުރުން .
- ޢެއްޗެހިތަކުގެ ނަންބުނުމުގެ ބަދަލުގައި ޢިޝާރާތުން ދެއްކުން.
* ނޯޓް: ކުއްޖާގެ އިވުމުގެ މައްސަލެއެއް ހުރިކަމަށް ޝައްކު ކުރެވޭނަމަ އަމިއްލައަކަށް ޓެސްޓްކުރެއްވިދާނެއެވެ.
ޓެސްޓްކުރަން ބޭނުން ކުރެވިދާނެ ދެގޮތުގެ މިސާލު ބައިވެރިން މަޝްވަރާ ކުރެއްވުމަށްފަހު އެހެން ގުރޫޕްތަކަށް ހުށަހަޅުއްވާއިރު ހުށަހެޅުއްވުން އެދެމެވެ.
އެޅިދާނެ ފިޔަވަޅުތައް:
- މާބަނޑު ދުވަސްވަރު ޤަވާޢިދުން ޑޮކްޓަރަށް ދެއްކުން.
- މާބަނޑުއިރު ޑޮކްޓަރުގެ އިރުޝާދާނުލާ ބޭސްބޭނުން ނުކުރުން.
- އަޔޮޑިންހިމެނޭ ލޮނުބޭނުން ކުރުން.
- ކަންފަތުގެ މައްސަލައެއް އުޅޭނަމަ ވީއެންމެ އަވަސްފުރުޞަތުގައި ޑޮކްޓަރަކަށް ދެއްކުން (ކަންފަތަށް ދިމާވާކަހަލަ މައްސަލަތައް ޤްރޫޕް މެމްބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު މިސާލުތައް އެހެން ބައިވެރިންނަށް ކިޔާދިނުން)
- ބާރުއަޑުތަކުގެ ތެރޭގައި މަސައްކަތްކުރާއިރު އެމަސައްކަތުގައި އުޅޭއިރު ބޭނުންކުރާ ހެޑްފޯން ބޭނުންކުރުން.
- ކަންފަތަށް އެކި އެއްޗެތި ނުބޭނުން.
- ކުއްޖާ ކުޑައިރުއްސުރެން ހިޔަރިންއެއިޑްގެ ބޭނުންކޮށްގެން އިވުމުގެ މިންވަރު ތަރައްޤީކުރެވޭނަމަ ޤަވާޢިދުން އެއިގެ ބޭނުންކުރުމަށް ހިތްވަރުދިނުން.
- ޢާއިލާގެ އެހެން މެމްބަރުންނާ އެއްވެސް ތަފާތެއްނުކުރުން.
- ވާހަކަދައްކަން މަސައްކަތްކުރާއިރު އެކަމަށް ހިތްވަރު ދިނުމާއި ކުއްޖާއަށް ވާހަކަދެއްކުމަށް ފުރުޞަތު ދިނުން.
- ކުއްޖާގެ ހުނަރެއްހުރިނަމަ އެކަމެއް ކުރިއެރުވުމަށް މަސައްކަތްކުރުން.
- ދަރިމައިވާ ޢުމުރުގެ އަންހެނުންނަށް ތަފާތު ބަލިތަކަށް ވެކްސިން ދިނުން.
FB comments:


