ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނުނު އަށް ފުރަތަމަ އިޞްލާޙު ގެނައުމުގެ ބިލު
ސަރުކާރުގެ ފަރާތުން މަހިބަދޫ ދާއިރާގެ މެންބަރު ރުޤިއްޔާ މުޙަންމަދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 8/2010 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ކަންތައްތަކުގެ ތެރޭގައި ފުރަތަމަކިއުން އިއްވާ އިބްތިދާއީ ބަހުސް މަރުޙަލާގައިގައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްގެ ބެލެނިވެރިއެއްގެ ހައިސިއްޔަތުން އަޅުގަޑު ދެކޭގޮތުގައި މި އިޞްލާހަކީ މުޙިންމު އިޞްލާހެކެވެ.
މިހާރު ޤާނޫނު ނަމްބަރު 8/2010 އިންނަ ގޮތުން ކައުންސިލްގައި އެކުލެވިގެންވާ ނަފްސާނީ ބަލިތަކާއިބެހޭ ޑޮކްޓަރުންގެ ތެރެއިން، އެމީހުން އިންތިޚާބުކުރާ މެންބަރެއް ގޮތުގައި އިނުމުން މި މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހަނިވެއެވެ. އެހެންކަމުން ނަފްސާނީ ބަލިތަކާބެހޭ ޑޮކްޓަރުން ގެ ބަދަލުގައި ޞިއްޙީ ޚިދުމަތްތެރިން އަށް ބަދަލުކުރުމަކީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއްގެ ބެލެނިވެރިއެއްގެ ހައިސިއްޔަތުން އަޅުގަޑު ތާއީދުކުރާ އިޞްލާޙެކެވެ.
FB comments:



