ޑައުންސް ސިންޑްރޮމް

ޑައުންސް ސިންޑްރޮމްއަކީ ހަށިގަނޑުގައިވާ ސެލްތަކުގައި ޖެނެޓިކް މާއްދާ ހުންނަންވާ ވަރަށްވުރެން ގިނަވުމުގެ ސަބަބުން ނުވަތަ ބައެއްފަހަރަށް ކްރޮމޮޒޯމް ބައިބައިވެ ބެހިގެން ދިއުމުގައި ދިމާވާ މައްސަލައަކުން ކުރިމަތިވާ ނުކުޅެދުންތެރިކަމެކެވެ. ޑައުންސް ސިންޑްރޮމް ދިމާވާން މެދުވެރިވާ ސަބަބު: އިންސާނާގެ ހަށިގަޑުގައި 46 ކްރޮމޮޒޯމްވެއެވެ. ފިރިހެންމީހާގެ ދަރިފަނި އަދި އަންހެން މީހާގެ ދަރިމައިވުމުގެ ބިހުގައި ހުންނަ 23 ކްރޮމޮޒޯމް އެކުވެ 46 ކްރޮމޮޒޯމް ހަމަވެއެވެ. މިގޮތުން އަންހެން މީހާއާއި ފިރިހެން މީހާގެ ސެލްތައް ގުޅިބައިބައިވާ ވަގުތު ކްރޮމޮޒޯމްއަށް އަށް އަންނަ ނުވަތަ ޖެހޭ މައްސަލައެއްގެ ސަބަބުން ހަށިގަނޑުގައި ހުންނަންވާ 46 ކްރޮމޮޒޯމްގެ ބަދަލުގައި 47 ކްރޮމޮޒޯމްއަށް ބަދަލުވެއެވެ. މިއިތުރުވާ ކްރޮމޮޒޯމްގެ ސަބަބުން ޑައުންސް ސިންޑްރޯމްއޭ ކިޔާ ނުކުޅެދުންތެރިކަން ކުއްޖާގައިހުރެއެވެ. އަދި މީގެ ސަބަބުން ކުއްޖާގެ ހެދިބޮޑުވުމަށް ހުރަސްތަކަކާއި ދިމާވެއެވެ. ކުއްޖާގެ ތޫނުފިލިކަމަށް ގެއްލުން ލިބުމާއިއެކު މި ނުކުޅެދުންތެރިކަން ދެނެގަނެވޭނެ ސިފަތަކެއް ކުއްޖާގެ ކިބައިގައި ވެއެވެ. ޑައުންސް ސިންޑްރޯމް ހުންނަ ގިނަކުދިންނަށް ޞިއްޙީ މައްސަލަތަކާއި ކުރިމަތިވާނެއެވެ. އޭގެތެރޭގައި އިވުމުގެ މައްސަލައާއި، ހިތުގެ ބަލިތައް އަދި ވަރަށް ގިނައިން އަރިދަފުސް ރޯގާޖެހެއެވެ. އެހެންކުދިންނާއި އަޅާބަލާއިރު މިކުދިންނަށް ލޮލުގެ މައްސަލަތައް ތަޖުރިބާ ކުރަންޖެހެއެވެ. ބައެއްތަޖުރިބާކާރުން ބުނުއްވާ ގޮތުގައި ހަމަޢުމުރުގައި ވިހާ މީހާއަށްވުރެން 35 އަހަރު ނުވަތަ އެއަށްވުރެން ދޮށީ ޢުމުރުގެ މީހުންނަށް ލިބޭކުދިންނަށް މިކުނުޅެދުންތެރިކަން ދިމާވުމުގެ ފުރުޞަތު ބޮޑުވެއެވެ. ފާހަގަ ކުރެވޭ ސިފަތައް: - އެންމެ ތުއްތު އިރު ކުއްޖާގެ މަސްތަކުގައި ވަރު ނުހުރުމާއި، ގިނަގިނައިން ރޮއެ ހެދުން. - ކުއްޖާގެ ހެދިބޮޑުވުން ލަސްވުން. - ކަންފަތް ތިރީގައި ވުމާއި، އަނގަ ހުޅުވިފައި ނުވަތަ މަތީ ތަލި އުސްވެފައި ދޫ ބޭރަށް ނުކުމެފައިވުން. - ލޮލުގެ ބޮނޑި ދުޅަވެ ފުއްޕާފައި ހުންނަ ގޮތަށް ހުރުން. - ކަރުކުރުވެފައި، މޫނު ފަތާވެފައި އަދި ބޮލުގެ ފުއްކިބަ ފަހަތަށް ފުޅާވެފައި ވުން. - ހަށިގަނޑުގެ އަގުނުތައް (ހަތަރެސްފައި) ކުރުވެފައިވުން، ޢުމުރުފުރައިގެ އެހެން ކުދިންނަށްވުރެން ކުރުވުން. - ފައިތިލަ ފަތާވެފައި، ފައިގެ ބޮޑުވާ އިނގިލި ކުޑަކޮށް ބޭރަށް ފޭވެފައި ހުރުން. - ޞިއްޙީ މައްސަލަތަކާއި ކުރިމަތިވުން. އެޅިދާނެ ފިޔަވަޅުތައް: - ކުއްޖާގެ ހެދިބޮޑުވުން ލަސްވާނަމަ އަވަހަށް ޑޮކްޓަރަކަށްދައްކައިގެން ދަރިފުޅުގެ ނުކުޅެދުންތެރިކަމާއި ބެހޭ މަޢުލޫމާތު ލިބިގަތުން. - ކުއްޖާގެ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ކުރެއްޖެނަމަ ފިޒިއޮތެރަޕިސްޓެއްގެ ލަފާހޯދުން. - ސްޕީޗް ތެރަޕީ ދިނުން. - ކުއްޖާގެ ކިބައިގައިވާ ނުރަގަޅު އާދަކެޑުވުން. - ޢުމުރުފުރައިގެ އެހެން ކުދިންނާއެކު އުޅުމުގެ ފުރުޞަތު ދިނުން. - އަމިއްލަ ކަންތައް އަމިއްލައަށް ކުރަން ދަސްކޮށްދިނުން. - އަމިއްލަ ކަންތައްތައް އަމިއްލައަށް ކުރުމުގެ ފުރުސަތު ދަރިފުޅަށް ދިނުން. - މުޖްތަމައުގައި އުޅެންދަސްކޮށްދިނުމާއި ރައްޓެހި ނުރައްޓެހި އަންގައި...

read more