ކަންފަތަށް އަޑުއިވުމުން މަޙުރޫމްވުން

އަޑުއިވުމުގެ ނުކުޅެދުން ތެރިކަން އިޙުސާސް ކުރަންޖެހޭނީ ކުއްޖާ ދުނިޔެއަށް އުފަންވާއިރު ނުވަތަ ކުއްޖާ ދުނިޔެއަށް އައުމަށްފަހު ކަންފަތަށްލިބޭ ގެއްލުމެއްގެ ސަބަބުންނެވެ.   ދިމާވާން މެދުވެރިވާ ސަބަބު: - ކަންފަތުގެ ބައިތައް، ނާރުތައް ، ލޭހިގާ ހޮޅިތައް ފަދަބަޔަކަށް ގެއްލުން ލިބުން. - ސިކުނޑީގައިވާ އަޑުއިވުމުގެ ނިޒާމް ކޮންޓްރޯލްކުރާ ބަޔަށްގެއްލުމެއް ލިބުން. - ވާރުތަވުމުގެ މައްސަލަ. - ލޭގެގުޅުމެއް ވާ ދެމީހަކު ކައިވެނިކުރުން. - މާބަނޑުއިރު އެކްސްރޭ ނެގުމާއި އަދި ޑޮކްޓަރުގެ އިރުޝާދާނުލައި ބޭސް ބޭނުންކުރުން. - ކަންފަތުން ދޮސްއައިސް އިންފެކްޝަން ހެދުމުން އެކަމުން ފަރުވާއެއްނެތި ލަސްވުން. - ކަންފަތްސާފުކުރުމަށް ބައެއްކަހަލަ ނުރައްކާތެރި ހަތިޔާރުގެ ބޭނުންކުރުން. - ކަންފަތްމަތީ ބާރުއެތިފަހަރު ޖެހުން. - ބާރުގަދަ އަޑުތަކަށް ކުއްލިއަކަށް އެކްސްޕޯސް ކުރުން.   މިފަދަ ކުއްޖަކު ދެނެގަންނާނެގޮތް: - ފުރަތަމަ 3 މަހުގެ ތެރޭގައި ކުއްޖާގެ 3 ފޫޓްދުރުން އަންނަ އަޑުތަކަށް ސަމާލުކަން ނުދިނުން. - އުމުރުން 18 މަހާއި 3 އަހަރާ ދެމެދު ވާހަކަ އަޑުއެހުމަށް ޝައުޤުވެރިނުވުން. - ސުވާލެއްކުރުމުން ނެގުމެއްގެ ތެރޭގައި ހުންނަކަހަލަގޮތަކަށް މޫނުމަތި ހުރުން. - ސްކޫލްގައި ނަގައިދޭ ފިލާވަޅުތައް ދޭހަވުމަށް އުދަގޫވުން. - މީހުންނާ މުޢާމަލާތްކޮށް އުޅުމަށް އުދަގޫވުން. - ވާހަކަދެއްކުމުގެ ބަދަލުގައި އާދަޔާޚިލާފަށް ބޮލުގެ ބޭނުންކުރުން . - ޢެއްޗެހިތަކުގެ ނަންބުނުމުގެ ބަދަލުގައި ޢިޝާރާތުން ދެއްކުން. * ނޯޓް: ކުއްޖާގެ އިވުމުގެ މައްސަލެއެއް ހުރިކަމަށް ޝައްކު ކުރެވޭނަމަ އަމިއްލައަކަށް ޓެސްޓްކުރެއްވިދާނެއެވެ. ޓެސްޓްކުރަން ބޭނުން ކުރެވިދާނެ ދެގޮތުގެ މިސާލު ބައިވެރިން މަޝްވަރާ ކުރެއްވުމަށްފަހު އެހެން ގުރޫޕްތަކަށް ހުށަހަޅުއްވާއިރު ހުށަހެޅުއްވުން އެދެމެވެ.   އެޅިދާނެ ފިޔަވަޅުތައް: - މާބަނޑު ދުވަސްވަރު ޤަވާޢިދުން ޑޮކްޓަރަށް ދެއްކުން. - މާބަނޑުއިރު ޑޮކްޓަރުގެ އިރުޝާދާނުލާ ބޭސްބޭނުން ނުކުރުން. - އަޔޮޑިންހިމެނޭ ލޮނުބޭނުން ކުރުން. - ކަންފަތުގެ މައްސަލައެއް އުޅޭނަމަ ވީއެންމެ އަވަސްފުރުޞަތުގައި ޑޮކްޓަރަކަށް ދެއްކުން (ކަންފަތަށް ދިމާވާކަހަލަ މައްސަލަތައް ޤްރޫޕް މެމްބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު މިސާލުތައް އެހެން ބައިވެރިންނަށް ކިޔާދިނުން) - ބާރުއަޑުތަކުގެ ތެރޭގައި މަސައްކަތްކުރާއިރު އެމަސައްކަތުގައި އުޅޭއިރު ބޭނުންކުރާ ހެޑްފޯން ބޭނުންކުރުން. - ކަންފަތަށް އެކި އެއްޗެތި ނުބޭނުން. - ކުއްޖާ ކުޑައިރުއްސުރެން ހިޔަރިންއެއިޑްގެ ބޭނުންކޮށްގެން އިވުމުގެ މިންވަރު ތަރައްޤީކުރެވޭނަމަ ޤަވާޢިދުން އެއިގެ ބޭނުންކުރުމަށް ހިތްވަރުދިނުން. - ޢާއިލާގެ އެހެން މެމްބަރުންނާ އެއްވެސް ތަފާތެއްނުކުރުން. - ވާހަކަދައްކަން މަސައްކަތްކުރާއިރު އެކަމަށް ހިތްވަރު ދިނުމާއި ކުއްޖާއަށް ވާހަކަދެއްކުމަށް ފުރުޞަތު ދިނުން. - ކުއްޖާގެ ހުނަރެއްހުރިނަމަ އެކަމެއް ކުރިއެރުވުމަށް މަސައްކަތްކުރުން. - ދަރިމައިވާ ޢުމުރުގެ އަންހެނުންނަށް ތަފާތު ބަލިތަކަށް ވެކްސިން...

read more